ހުޅުމާލެ ފޭސް 2 އިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އަވަސް

30 ނޮވެމްބަރު 2025 | އާދިއްތަ | 11:29

ހުޅުމާލެ ފޭސް 2 އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ. ފުލުހުން ބުނީ މިމަހުގެ 28 ވަނަ ދުވަހުގެ 5:55 ހާއިރު ޝިބާ ރަޝީދު ގެއިން ނުކުމެގެން ދިޔަ ގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން އެ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކަމާގުޅުންހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށް ކުއްޖާ ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައިނުވާ ކަމަށެވެ. އެހެންކަމުން، ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނި އެދިފަ އެވެ.

މައުޟޫޢުތަށް