ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ފަސް ބޭފުޅެއް
އަވަސް
30 ނޮވެމްބަރު 2025 | އާދިއްތަ | 3:40
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް، 5 ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ ސ.ހިތަދޫ މާވަހި، ހަސަން ނާސިޙް އަހުމަދު އާއި ށ. ކޮމަންޑޫ ޗަމަން، އުސާމާ މޫސާ އާއި ހމ. ފްލެޓް ނަންބަރު 02-2-88، އާއިޝަތު އިޝާ އާއި ގއ. ނިލަންދޫ ގަސްދޮށުގެ، ޝިފްޒާ ޢަބްދުލްޤައްޔޫމް އަދި ގދ.ގައްދޫ ބީޗްކޯނާ، އަހުމަދު ޔާމީން އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބެވި ފަސް މެންބަރުންގެ މުއްދަތު އިއްޔެ ހަމަވުމާއި ގުޅިގެން މެންބަރު ކަމަށް މި ފަސްބޭފުޅުން އައްޔަންކުރައްވާފައިވަނީ އިއްޔެ އެވެ.