އެހީއަށް އެދުމުން އެންމެ އަވަހަށް އިޖާބަ ދިނީ ރާއްޖެއިން: ލަންކާ ސަފީރު
އަވަސް
30 ނޮވެމްބަރު 2025 | އާދިއްތަ | 4:01
ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން -- "ޑިޓްވާ" ގައި އެހީއަށް އެދުމުން އެންމެ ފުރަތަމަ އިޖާބަ ދިން ގައުމަކީ ދިވެހިރާއްޖެ ކަމަށް އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެ އެވެ.
ލަންކާއަށް އެހީވުމަށް ޕީއެސްއެމް އިސް ނަގައިގެން ރާއްޖޭގެ މީޑިއާތަކާއި ގުޅިގެން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯންގައި ލަންކާގެ ސަފީރު މުހައްމަދު ރިޒްވީ ވަނީ ދިވެހި ސަރުކާރުން މިކަމުގައި އިސްނަގައި ދެއްވި އެހީތެރިކަން ބަލައިގަންނަ ކަމަށް ވިދާޅުވެ މިހާލަތުގައި ދިވެހިން ލަންކާއަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ. "އަޅުގަނޑުމެންނަށް އެހީ ލިބެމުން އެބަދޭ. ރާއްޖެއިން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދޭން ނިންމީ،" ރިޒްވީ ވިދާޅުވި އެވެ. ސަފީރު ރިޒްވީ ވިދާޅުވީ ލަންކާއާމެދު ރާއްޖެއިން ބަހައްޓާ ގާތްކަމާއި އެއްބާރުލުމަސް ޝުކުރު އަދާކުރާ ކަމަށާއި ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށާއި ދެއްވާ އިރުޝާދަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ލަންކާއަށް އެހީވުމުގެ ގޮތުން 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.