ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ
އަވަސް
1 ޑިސެމްބަރު 2025 | ހޯމަ | 6:06
ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުން ދިޔައީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ. ޝިބާ ގެއްލިގެން ހޯދަން ފެށީ ނޮވެމްބަރު 28 ވަނަ ދުވަހުގެ 5:55 ހާއިރު ޝިބާ ގެއިން ނުކުމެގެން ދިޔަ ގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން އެ ދުވަހު ރިޕޯޓްކުރުމުންނެވެ. ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭގެ ވަގުތެއްގައި ޝިބާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ޝިބާގެ ހާލު ރަނގަޅު ކަމަށެވެ.