ސިލޯނާއެކު ދިވެހީން ޓެލެތޯނަށް މިހާތަނަށް 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
އަވަސް
1 ޑިސެމްބަރު 2025 | ހޯމަ | 6:21
ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން -- "ޑިޓްވާ" އާ ގުޅިގެން އެ ގައުމަށް އެހީވުމަށް ބާއްވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް މިހާތަނަށް 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
މި ޓެލެތޯންއަށް ހާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ހޯމަ ދުވަހުގެ ފަތިހު 4:00 ޖެހުމާއި ހަމައަށް 5,406,937.25 ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެ ހިމެނެނީ 4،767،219.89 ރުފިޔާއާއި 41486.21 ޑޮލަރެވެ. ދިވެހި މީޑިއާތަކުން އިއްޔެ ފެށި މި ޓެލެތޯން މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. މި ޓެލެތޯނަށް ޓީވީ ބިލްޑިންގެ އިތުރުން މާލޭގެ އެކި ސަރަޙައްދުތަކުގައި ވަނީ ފަންޑުފޮށި ބަހައްޓާފަ އެވެ. ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ މި ޓެލެތޯނަށް މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ފައިސާ ހަދިޔާކޮށްފަ އެވެ. ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ހާއްސަ އެކައުންޓެއްވެސް ވަނީ ހަދާފަ އެވެ. :7730000796107 : : 7730000796106 :