ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ސްޓެލްކޯއިން 250,000 ރުފިޔާ

އަވަސް

1 ޑިސެމްބަރު 2025 | ހޯމަ | 9:31

ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން -- "ޑިޓްވާ" އާ ގުޅިގެން އެ ގައުމަށް އެހީވުމަށް ބާއްވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ސްޓެލްކޯއިން 250،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ސްޓެލްކޯގެ މެނޭޖްމަންޓާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން މި އެހީ ހަވާލުކޮށް ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އެވެ. "ސިލޯނާއެކު ދިވެހީން" ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ގިނަ ބަޔަކަށް ދިނުމުގެ ގޮތުން މިއަދު މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފަ އެވެ. މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން ޓްރާންސްފާ އަދި ބޭންކް ޗެކް މެދުވެރިކޮށް ޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ އެވެ.

މައުޟޫޢުތަށް