ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް

އަވަސް

1 ޑިސެމްބަރު 2025 | ހޯމަ | 9:41

ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފަށް ތައިލެންޑްގައި އިތުރު ފަރުވާ ދޭން ފަށައިފި އެވެ.

ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއާއަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަނިކޮށް ހިނގި ހާދިސާއެއްގައި ސްޓެލްކޯގެ މުވައްޒަފެއް ފިހި ސީރިއަސް އަނިޔާތަކެއް ލިބުނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެ މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖައްސައި އެހީތެރިކަން ފޯރުކޮށްދިން ކަމަށް ސްޓެލްކޯ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ ގޮތުން އެ މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ. ސްޓެލްކޯއިން މިއަދު ބުނީ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށާއި ދުޢާއަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުމެވުމުގެ ތައުފީޤު މާތް ﷲ ދެއްވެވުން ކަމަށެވެ.

މައުޟޫޢުތަށް