އެސްޓީއޯއިން ބާޒާރު މައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި

އަވަސް

1 ޑިސެމްބަރު 2025 | ހޯމަ | 11:08

"އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2" ގެ ނަމުގައި ބާޒާރު މަތީގައި އާ ފިހާރައެއް މިއަދު ހުޅުވައިފި އެވެ.

މާލޭ ނޯޓު ހާބަރު ގޭޓް ސަރަހައްދުގައި ކުރީގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުރި ތަނުގައި ހުޅުވި މި ފިހާރައިގެ މައިގަނޑު މަގުސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމާއި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މިތަކެތި ފަސޭހަކަމާއިއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ފިހާރަ ހުޅުވިގެން ދިއުމާއެކު ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެ ކަމަށާއި އެގޮތުން މި ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ހަމަ ޖެހިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް