ސަނީ، ފުރަން އުޅެނިކޮށް އެއާޕޯޓުން ހައްޔަރުކޮށްފި

އަވަސް

1 ޑިސެމްބަރު 2025 | ހޯމަ | 11:27

ޓޫރިޒަމާ ގުޅޭ ވިޔަފާރިތަކުގައި މަޝްހޫރު ބޭފުޅެއް ކަމުގައިވާ ޑރ. ސަނީ އުމަރު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ރާއްޖެއިން ފުރައިގެން ދާންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިރޭ ހައްޔަރުކޮށްފި އެވެ.

ޑރ. ސަނީ އުމަރަށް ތުހުމަތު ކުރާ މައްސަލަ ސޯޝަލްމީޑިއާގައި ފެންމަތިކުރުމާ އެކު މީގެކުރިންވެސް އޭނާ ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގެންގޮސްފަ އެވެ. އެކަމަކު އޭނާ މިއަދު އެނބުރި ރާއްޖެ އައުމާ އެކު ވީއައިއޭ އިން ފުލުހުންގެ ބެލުމުގެ ދަށުން ފުލުހަށް މިއަދު އޭނާ ހާޒިރުކުރި އެވެ. ސަނީ ރާއްޖެއިން ފުރަން މިރޭ އަނެއްކާވެސް އެއާޕޯޓަށް ދިޔައީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ. ފުލުހުން ބުނީ ސަނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

މައުޟޫޢުތަށް