ބަރުދަން ލުއިކުރަން އެހީވެދޭ އޮޕަރޭޝަނެއް ފަށައިފި
އަވަސް
2 ޑިސެމްބަރު 2025 | އަންގާރަ | 8:35
ބަރުދަން ދަށްކުރުމަށް އެހީތެރިވުމަށްކުރާ ބެރިއަޓިކް ސާޖަރީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފި އެވެ.
ބެރިއަޓްރިކް ސާޖަރީއަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް އާދަޔާހިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށްކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަންތަކެކެވެ. މި އޮޕެރޭޝަންތަކުން ހާސިލުވާ ފައިދާތަކުގެ ތެރޭގައި ބަލިމިހާއަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނެ އެވެ. މީގެ އިތުރުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ހިމެނެ އެވެ. އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނެ އެވެ. މި އޮޕަރޭޝަންގެ ހިދުމަތް ގާއިމް ވެގެން ދިއުމަކީ އެ ބަލިތަކަށް ޒަމާންތަކެއް ވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުއްމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއް ކަމަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.