ފިސްކަލް ޒިންމާގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

އަވަސް

2 ޑިސެމްބަރު 2025 | އަންގާރަ | 11:00

ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ. މި ބިލު ފާސްކުރީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025ޖަލްސާގަ އެވެ. ގާނޫނަށް ޢަމަލުކުރަން ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވައިލުމަށްފަހު ތަންފީޒުކުރަންޖެހޭ ކަންކަމާއި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފީސިބިލިޓީ ހެދުމުގެ މާއްދާއަށް އެ މުއްދަތުގެ ތެރޭގައި އަމަލުކުރުން ލާޒިމް ނޫންކަމަށް ވެސް މި އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

މައުޟޫޢުތަށް