ދިފާއީ ގުޅުންތައް ވަރުގަދަކުރުމަށް ލަންކާއާ މަޝްވަރާކޮށްފި
އަވަސް
2 ޑިސެމްބަރު 2025 | އަންގާރަ | 9:00
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ގައުމުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ލަންކާގެ ނޭވީއަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. \ މި ދަތުރުފުޅުގައި ރާއްޖޭގެ ޗީފް ވަނީ ލަންކާގެ ނޭވީގެ ޗީފް އޮފް ސްޓާފް ރިއާ އެޑްމިރަލް ޑޭމިއަން ފަނާންޑޯއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ބޭފުޅުން ވަނީ ދިފާއީ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ވެސް ވަނީ ލަންކާއަށް ގޮސްފަ އެވެ. މިއީ ބޭރު ގައުމެއްގެ ދައުވަތު ލިބިގެން އެމްއެންޑީއެފްގެ އުޅަނދެއް ކުރި މިފަދަ ފުރަތަމަ ދަތުރެވެ.