ސަނީ އަލުން ހައްޔަރުކޮށްފި
އަވަސް
2 ޑިސެމްބަރު 2025 | އަންގާރަ | 9:00
ޑރ. ސަނީ އުމަރު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އަލުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޖިނާއީ މައްސަލައެއްގެ ތުހުމަތު ކުރެވޭތީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިގެން ދާން އުޅުމުން ހައްޔަރުކޮށް އޭނާ ދޫކޮށްލި ކަމަށެވެ. އެކަމަކު ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ޓޫރިޒަމާ ގުޅޭ ވިޔަފާރިތަކުގައި މަޝްހޫރު ބޭފުޅެއް ކަމުގައިވާ ސަނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަންހެނުންގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެއްގައި ކަމަށް ސޯޝަލްމީޑިއާގައި އާންމު އެކި ފަރާތްތަކުން ބުނެފައިވެ އެވެ.