ގާޒީ ފާއިޒު ވަކިކުރަން މަޖިލީހުގެ ކޮމިޓީން ނިންމައިފި

އަވަސް

2 ޑިސެމްބަރު 2025 | އަންގާރަ | 4:00

ކްރިމިނަލް ކޯޓުގެ ޤާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ގާޒީ ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެންދިޔަ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް ގާޒީ ފާއިޒު އަމަލުކޮށްފައިވާކަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ތަހުގީގު ކޮމިޓީއަށް ސާބިތުވުމުންނެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގާޒީ ފާއިޒު ވަކިކުރަން ފާސްވީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ގާޒީ ފާއިޒު މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު (41 އ) ބަންދުން ދޫކޮށްލަން އަމުރު ކުރުމުންނެވެ. އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްސަލަވެސް ބަލަނީ ގާޒީ ފާއިޒް އެވެ.

މައުޟޫޢުތަށް