މަސްދަޅު ކޭސްތަކާއެކު ޝިޕިން ކުންފުނީގެ ބޯޓު ލަންކާއަށް ފުރައިފި

އަވަސް

2 ޑިސެމްބަރު 2025 | އަންގާރަ | 11:00

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އާގު ބޯޓު "ގަލޭނާ" ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ސަރުކާރުން ހަދިޔާ ކުރި މަސްދަޅު ކޭސްތަކާ އެކު ލަންކާއަށް ފުރައިފި އެވެ.

އެމްޕީއެލް އިން ހިންގަމުން ގެންދާ މާލޭގެ މައި ވިޔަފާރި ބަދަރުން ގަލޭނާ ފުރާފައި ވަނީ 25،000 ކޭސް މަސްދަޅު ބަރުކޮށްފައިވާ 14 ކޮންޓޭނަރާ އެކު އެވެ. ލަންކާއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ސަބަބުން ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ވަނީ 50،000 އެމެރިކާ ޑޮލަރުވެސް ހަދިޔާކޮށްފަ އެވެ. ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ އެހީގެ ޓެލެތޯން މެދުވެރިކޮށް ދިވެހި ރައްޔިތުން ވަނީ 8 ލައްކައަށް ވުރެ ގިނަ ޑޮލަރު ލަންކާއަށް އެހީގެ ގޮތުގައި ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

މައުޟޫޢުތަށް