އެޗްއާރުސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަންކުރައްވައިފި

އަވަސް

3 ޑިސެމްބަރު 2025 | ބުދަ | 12:07

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަގާމަށް ގ.އާބިން، ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑރ. އާއިޝަތު ރަމީލާ ވަނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފަ އެވެ. ޑރ. އާއިޝަތު ރަމީލާ އަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ޑރ. އައިޝަތު ރަމީލާއާ ހަވާލުކޮށްދެއްވާފަ އެވެ. ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލު ހުރި ގޮތުން އެގްރިކަލްޗާ މިނިސްޓަރުކަމުގެ މަގާމުން ރަމީލާ އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރަމީލާ ގައުމީ ހިދުމަތް ފެއްޓެވީ ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު އެވެ.

މައުޟޫޢުތަށް