ޖަޕާންގެ ސަފީރަކަށް މަހުލޫފު އައްޔަންކުރަން ރުހުންދީފި
އަވަސް
3 ޑިސެމްބަރު 2025 | ބުދަ | 12:18
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އަހުމަދު މަހުލޫފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހުލޫފަށް ރުހުންދޭން ފާސްވީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މަހުލޫފް ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ. މަހުލޫފު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރައްވާފަ އެވެ.