ޑްރަގު އެތެރެކުރާނަމަ މަރުގެ އަދަބު ދޭ އިސްލާހު ފާސްކޮށްފި
އަވަސް
3 ޑިސެމްބަރު 2025 | ބުދަ | 12:56
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުންނެވެ. އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ. މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެއްޗާއި ބަރުދަންވެސް މި އިސްލާހުގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް އާއި 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން އަދި ކެނެބިސް އާއި ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާއެއްޗެއްނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއް ކަމުގައިވުމެވެ.