"އެހީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން"

އަވަސް

3 ޑިސެމްބަރު 2025 | ބުދަ | 7:27

ރާއްޖެއިން ވެދިން އެހީ ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވަނީ ލަންކާއަށް ދިމާވި ދަތި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖާއި ލަންކާއަށް ރާއްޖެއިން ވެދިން ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފަ އެވެ. ލަންކާގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކޮށް ދައްކުވައިދިން އޯގާތެރިކަމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ލަންކާގެ ރައީސް ވިދާޅުވި އެވެ. މިއީ ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ލަންކާގެ ރައީސްގެ ޕޯސްޓްގައި ވިދާޅުވި އެވެ. ލަންކާއަށް އެރި ތޫފާނާއި ގުޅިގެން އެ ގައުމަށް އެހީވުމަށް މީޑިއާތަކުން ކުރިއަށް ގެންދިޔަ ޓެލެތޯނަށް 8 ލައްކަ ޑޮލަރު ލިބުނުއިރު ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ނިންމާފަ އެވެ.

މައުޟޫޢުތަށް