ގަމުގެ ބޮޑު ބަޔަކަށް ކަރަންޓް ދީފި

އަވަސް

3 ޑިސެމްބަރު 2025 | ބުދަ | 9:45

ލ. ގަމުގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓު ކެނޑިފައިވާތީ އެ މައްސަލަ ހައްލުކޮށް ގަމުގެ ބޮޑު ބަޔަކަށް މިރޭ ކަރަންޓް ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިފައިވާތީ މިވަގުތުު މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ކަރަންޓް ދިނުމަށް ކަަމަށެވެ. މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓް ދެވޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުންޏެވެ. "މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައެވެ. އެނެކްސް ދޭކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާ ކަމުގައި ދަންނަވަމެވެ،". ބަޔާނުގައިވެ އެވެ. އެ ކުންފުނިން ބުނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން ފާހަވެފައިވާ ގޮތުން، ގެއްލުންވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށް ކަމަށެވެ. މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ. ގަަމަށް ފެނުގެ ހިދުމަތް މިހާރު ދެމުންދާ ކަމަށްވެސް ފެނަކައިން ބުންޏެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމުތަކުން އަންނަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށްވެސް ފެނަކައިން ބުންޏެވެ.

މައުޟޫޢުތަށް