ސަނީގެ ބަންދަށް 30 ދުވަސް ދީފި
އަވަސް
3 ޑިސެމްބަރު 2025 | ބުދަ | 6:00
ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޑރ. ސަނީ އުމަރުގެ ބަންދަށް މިއަދު 30 ދުވަސް ޖަހައިފި އެވެ.
ސަނީއަށް ކުރާ ތުހުމަތާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއް ގައެވެ. ޕީޖީ އޮފީހުން ބުނީ ސަނީ އުމަރު 30 ދުވަހަށް ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން އެދުމާ ގުޅިގެން ކްރިމިނަލް ކޯޓުން އެ މުއްދަތު ދީފައިވާ ކަމަށެވެ. ޕީޖީ އޮފީހުން އިތުރަށް ބުނީ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުން ދިޔަ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާ ކަމަށެވެ. ޓޫރިޒަމާ ގުޅޭ ވިޔަފާރިތަކުގައި މަޝްހޫރު ބޭފުޅެއް ކަމުގައިވާ ސަނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަންހެނުންގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެއްގައި ކަމަށް ސޯޝަލްމީޑިއާގައި އާންމު އެކި ފަރާތްތަކުން ބުނެފައިވެ އެވެ.