ކްރޫޒްލައިނާއަކުން 600 އަށް ވުރެ ގިނަ ފަތުރުވެރިން
އަވަސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 9:49
ކްރޫޒްލައިނާއަކުން 600 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ކްރޫޒްލައިނާ -- "އަޒަމަރާ ޕާސުއިޓް" އިން ރާއްޖެ ފަސިންޖަރުންނާއި ކްރޫންނަށް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން އިއްޔެ ވަނީ ކްލިއަރެންސްދީފަ އެވެ. މީގެ ތެރޭގައި 649 ފަސިންޖަރުންނާއި 396 ކްރޫން ހިމެނޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. މި ކްރޫޒްލައިނާ ރާއްޖެ އައީ މޮރިޝަސްގެ ޕޯޓް ލުއީއިން ފުރައިގެންނެވެ. މިއީ އެ ގައުމުން އައި ކްރޫޒްލައިނާއަކަށް ކްލިއަރެންސް ދިން ފުރަތަމަ ފަހަރު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.