މަހުލޫފަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
އަވަސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 11:15
ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި އާ ސަފީރު ގ. ހާފްސީ، އަހުމަދު މަހްލޫފު މަގާމަށް އައްޔަންކުރައްވާ ފަތްކޮޅު ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަހުލޫފަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަހުލޫފަށް ރުހުން ދޭން ފާސްވީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މަހުލޫފް ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ. މަހުލޫފު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރައްވާފަ އެވެ.