އިންޓަ އޮފީސް/ކޮމްޕެނީ ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އަވަސް

4 ޑިސެމްބަރު 2025 | ބުރާސްފަތި | 1:46

އިންޓަ އޮފީސް/ކޮމްޕެނީ ނެޓްބޯލް މުބާރާތް 2025ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ވެއްޖެއެވެ.

މި ފޯރިގަދަ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ޓީމުތައް ވަނީ ބައިވެރިވެފަ އެވެ. ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ ފުރަތަމަ ދުވަހު ފަށާފައިވާ މި މުބާރާތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނެޓްބޯލް ސިންތެޓިކް ޓްރެކުގައި ކުރިއަށްދާނެ އެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި މި އަހަރު އަންހެން ޑިވިޝަނުން 21 ޓީމު އަދި ފިރިހެން ޑިވިޝަނުން 4 ޓީމުގެ ހުނަރު ފެނިގެންދާނެ އެވެ. ނެޓްބޯޅައަކީ ދިވެހީންގެ ތެރޭގައި މަގުބޫލު އެއް ކުޅިވަރެވެ. އަދި، މި މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅައިގެ އެންމެ މޮޅެތި ކުޅުންތެރިން ފެނިގެންދާނެ އެއް މުބާރާތެވެ. ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

މައުޟޫޢުތަށް