ސައިކްލޯން އެރި ގައުމުތަކަށް އެމްފައިސާ މެދުވެރިކޮށް އިތުރު ޗާޖަކާނުލާ ފައިސާ ފޮނުވޭނެ

އަވަސް

4 ޑިސެމްބަރު 2025 | ބުރާސްފަތި | 4:09

ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ގައުމުތަކަށް އެމްފައިސާ މެދުވެރިކޮށް އެއްވެސް ފީއެއް ނުނަގައި ބައިނަލްއަގުވާމީ މަނީ ޓްރާންސްފާ ކުރެވޭނެކަން އުރީދޫ ފިންޓެކް މޯލްޑިވްސްއިން މިއަދު އިއުލާންކޮށްފި އެވެ.

އެ ގޮތުން މިމަހުގެ ފުރަތަމަ ދުވަހުން މިމަހުގެ ނިޔަލަށް އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގާ ވަގުތުން ވަގުތަށް އަދި ރައްކާތެރިކަމާއެކު ސްރީލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ފައިސާ ފޮނުވޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ. މި ލިމިޓެޑް ޓައިމް އޮފާ ފަރުމާކޮށްފައި ވަނީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމައުތަކަށް އަވަސް އަދި ރައްކާތެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ (އައިއެމްއާރު) ހިދުމަތާއެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އެވެ. މި ހިދުމަތަކީ މަނީގްރާމް އާ ޕާޓްނާވެގެން ކުރިއަށް ގެންދެވޭ ހިދުމަތެކެވެ.

އުރީދޫން ބުނީ ކަސްޓަމަރުން އެމްފައިސާ ވޮލެޓަށް ފައިސާ އެޅުމުން، ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކޮށް، ޑިޖިޓަލްކޮށް ޓްރާންސްފާ ފުރިހަމަކޮށް، ޑެލިވަރީ ސްޓޭޓަސް ބެލޭނެ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖެއަކީ މި ސަރަޙައްދުގެ އަވަށްޓެރި ގައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. "ރާއްޖޭގެ ގިނަ ރައްޔިތުންނަކީ އަދި ދިރިއުޅޭ ބިދޭސީންގެ ގާތްތިމާގެ މީހުން މި ސަރަޙައްދުގެ ގައުމުތަކުގައި ދިރިއުޅޭ. ޓްރާންސްފާ ފީ އާނުލާ، ވަގުތުން ރައްކާތެރި ޑިޖިޓަލް ރެމިޓެންސްތައް ފޯރުކޮށްދިނުމުން މި ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރަން،" ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ. ހަމާދީ ވިދާޅުވި ގޮތުގައި އުރީދޫގެ އަމާޒަކީ ޓެކްނޮލޮޖީއަކީ މާނަވީ މަގްސަދެއް ހާސިލް ކުރާ އެއްޗެއްކަން ކަށަވަރު ކުރުމެވެ. އެއީ މީހުން ގުޅުވާލުމާއި، މުޖުތަމައުތައް ވަރުގަދަކޮށް، އެންމެ މުހިންމު ވަގުތުތަކުގައި އަވަސް އެހީ ފޯރުކޮށްދިނުން ކަމަށްވެސް ވިދާޅުވި އެވެ. މި އެހީގެ ސަބަބުން ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ބޭނުންކޮށް، މުޖުތަމައިއަށް އެހީތެރިވުމަށާއި، އިންކްލޫސިވިޓީ އަދި ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް