ކ. އަތޮޅަށް 9 ލައްކަ ފަތުރުވެރިން، މިއީ 44 ޕަސެންޓް

އަވަސް

6 ޑިސެމްބަރު 2025 | ހޮނިހިރު | 8:41

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު 44.7 ޕަސެންޓް -- 900،000 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ 2،040،846 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރި ކަމަށް 178 ރިސޯޓާއި 950 ގެސްޓްހައުސް އާއި 167 ސަފާރީ އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ. ރިސޯޓުތަކުގައި 1،502،326 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 441،175 ފަތުރުވެރިންނެވެ. ހޮޓާތަކުގައި 52،700 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ޓޫރިސްޓް އުޅަނދުތަކުގައި 42،852 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

މައުޟޫޢުތަށް