ތޫނު ހަތިޔާރުން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

އަވަސް

6 ޑިސެމްބަރު 2025 | ހޮނިހިރު | 10:10

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލެ، މ. ނިއުބްލޫ، އަލީ މުއައްޒަމް (24އ) އެވެ. ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ބުނީ މައްސަލައިގައި ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ބަޔާންތަކާއި އަނިޔާ ލިބުނު މީހާގެ ފޮޓޯތަކުން މުއައްޒަމް އަނިޔާ ލިބުނު މީހާގެ އެޕާޓްމަންޓަށް ވަދެ ތޫނު އެއްޗަކުން އަނިޔާ ލިބުނު މީހާއަށް ހަމަލާދީފައިވާކަން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. މި މައްސަލައިގައި މުއައްޒަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

މައުޟޫޢުތަށް