ގަވައިދާ ހިލާފަށް ހުޅުމާލޭގެ އެކި ތަންތަނުގައި ހުރި އުޅަނދުތައް ނަގަން ފަށައިފި

އަވަސް

6 ޑިސެމްބަރު 2025 | ހޮނިހިރު | 12:40

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމު މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދަނީ އެޗްޑީސީއާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، ލޯކަލް ގަވަރުމަންޓް މިނިސްޓްރީއާއި، ފުލުހުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެންނެވެ. ތިން ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހުޅުމާލޭގެ ކޮންމެ ސަރަހައްދެއްގައިވެސް އުޅަނދެއް ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާނަމަ ނެގުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މަގުމަތީގައި ގަވައިދާ ހިލާފަށް އުޅަނދުތައް ޕާކް ކުރާތީއާއި ހަލާކުވެ ނުވަތަ އުޅަނދެއް ބާވުމުން އެ އުޅަނދެއް މަގުމަތީގައި ބާއްވާ މައްސަލައިގައި އާންމުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި ވެހިކަލް ރާއްޖެ ގެނެސް ވިއްކާ ބައެއް ފަރާތްތަކުންވެސް އުޅަނދުތައް ގެނެސް މަގުމަތީގައި ބަހައްޓާ ކަމަށާއި އެކަމުގެ ސަބަބުންވެސް މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހޭ ކަމަށް ވިދާޅުވި އެވެ. "ވިޔަފާރި އުސޫލުން ރެޖިސްޓްރީ ނުކޮށް އުޅަނދުތައް ބަހައްޓާފައި ހުރި ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވިޔަފާރި އުސޫލުން އެހެން ކަންކަންވެސް ކުރައްވާ ގޮތަށް އަމިއްލަ ތަނެއްގައި އެއެއްޗެހި ބަހައްޓަން ޖެހޭނީ. ބޭނުންތަކަށް ގެނެވިފައި ހުންނަ ވެހިކަލްތަކާއި އަދި ޓެކްސީތަކާއި އެއްޗެހި ބަހައްޓާނެ ތަނެއް ނެތިގެން އުޅޭއިރު މި ލިބޭ ޖާގަތަކުގައި ވިޔަފާރި އުސޫލުން ރެޖިސްޓްރީ ނުކޮށް އުޅަނދުތައް ބޭހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން،" އަ،މީން ވިދާޅުވި އެވެ.

މައުޟޫޢުތަށް