ހޯރަފުށި ކައުންސިލްގެ ރައީސް ތިން މަހަށް ސަސްޕެންޑް

އަވަސް

8 ޑިސެމްބަރު 2025 | ހޯމަ | 11:45

މުސާރަ އާއި އިނާޔާތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑުކޮށްފި އެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅާފައިވާ މައްސަލަތަކެއް ބެލުމަށްފަހު އެލްޖީއޭ އިން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން އެ އެ އޮތޯރިޓީން މިއަދު ބުނީ ހޯރަފުށީ ކައުންސިލާ ގުޅޭ އެ އިންކުއަރީ ކުރިއަށް ގެންދިއުމުގައި އެ ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ. މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެންބަރުންނާއި، ހޯރަފުށީ ކައުންސިލުގެ އިދާރާގައި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި، މައްސަލަތަކާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށާއި އެ މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ކައުންސިލްގެ އިދާރާއިން ހޯދާފައިވާނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ. އެ އޮތޯރިޓީން ބުނީ ހޯރަފުށީ ކައުންސިލްގެ އިންކުއަރީން ފާހަގަކުރެވުނު ކަންކަމުގެ ބަޔާނާ މެދު ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތެއް ހޯރަފުށީ ކައުންސިލްގެ މެންބަރުންނަށް ދީފައިވާނެ ކަމަށެވެ. ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި އެ ކައުންސިލުން އިންކުއަރީ ރިޕޯޓަށް ޖަވާބުދާރީވި ކަމަށްވެސް ބުންޏެވެ. އެލްޖީއޭ އިން ބަލާފައިވަނީ ހޯރަފުށީ ކައުންސިލުން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާއި ގަވާއިދާ ހިލާފަށް ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް 5،000 އަކަފޫޓުގެ ބިމެއް ދީފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއަކާއި، އެ ކައުންސިލުން ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލްގެ އާންމު އިޖުރާއީ ގަވާއިދާ އަދި މާލިއްޔަތު ގަވާއިދާ ހިލާފަށް ކަންކަން ކުރަމުންދާ ކަމަށް ބުނެ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ޝަކުވާތަކާއެކު ޖުމުލަ އަށް މައްސަލަ އެކެވެ. އެއީ:-

އެލްޖީއޭ އިން ބުނީ ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީން، ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އެބައޮތް ކަމަށެވެ. އެލްޖީއޭގެ އެންގުމަށް އަމަލުނުކުރަން ކައުންސިލްގެ ޖަލްސާއަކުން ނިންމާފައިވާކަން އެނގެން އޮތަތީ، އެ އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން އެ އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެ ކަމަށް ފެންނާތީ ފިޔަވަޅުތައް އަޅަން ނިންމީ ކަމަށްވެސް އެލްޖީއޭ އިން ބުންޏެވެ. އިންކުއަރީއަށްފަހު އެލްޖީއޭ އިން ވަނީ ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަސް ދުވަހުގެ މުއްދަތަށް މަގާމުގެ މަސްއުލިއްޔަތުން ވަގުތީގޮތުން ސަސްޕެންޑުކުރުމަށް ނިންމާފަ އެވެ. މީގެއިތުރުން ހޯރަފުށީ ކައުންސިލްގެ ނައިބް ރައީސް އަހްމަދު އިމްދާހާއި ކައުންސިލަރުން ކަމަށްވާ އިބްރާހީމް ޝާކިރާއި މަރިޔަމް ވަކީލާ އާއި އާމިނަތު ވިސާމާ އާއި އާމިނަތު ނާސިހާ އަދި އަހްމަދު ރައޫފަށް ނަސޭހަތްތެރިވުމަށްވެސް އެލްޖީއޭ އިން ވަނީ ނިންމާފަ އެވެ.

މައުޟޫޢުތަށް