ހައްޖު އަދި އުމްރާ ކޮންފަރެންސަށް ސައުދީގެ ވަފްދެއް ރާއްޖެއަށް

އަވަސް

8 ޑިސެމްބަރު 2025 | ހޯމަ | 6:00

ހައްޖު އަދި އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ސައުދި އަރަބިއްޔާގެ ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މި ވަފުދުގައި ހިމެނެނީ ސައުދި އަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން އަބްދުﷲ އަލްރަޖްހީ އާއި އެ ޖަމިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ. ހައްޖު އަދި އުމްރާ ކޮންފަރެންސް ކުރިއަށް ދާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ސައުދީ ވަފްދުގެ ބޭފުޅުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި، ޒުވާން ޚަތީބުންނާއި ހާފިޒުން އަދި އިމާމުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒާއި ހައްޖު ކޯޕަރޭޝަނަށް ވަފްދުގެ ބޭފުޅުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. ހައްޖާއި އުމްރާގެ ހިދުމަތްދޭ ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ ހައްޖު އަދި އުމްރާ ކޮންފަރެންސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ދިވެހިރާއްޖޭން މީހުން ހައްޖާއި އުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓައި މަޝްވަރާކުރުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މީގެ އިތުރުން މިކޮންފަރެންސަކީ ހައްޖ،ު އުމްރާގެ ހިދުމަތްދޭ ކުންފުނިތަކާއި ކަމާގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ހައްޖާއި އުމްރާގެ އަޅުކަމާއި ގުޅުންހުރި ހިދުމަތްތައް ފުޅާކޮށް، އުމްރާ ކުންފުނިތަކާއި ވުޒާރާއާއި އޮންނަ ގުޅުން ރަނގަޅު ކުރުމާއި، ކަމާ ގުޅޭ މައުލޫމާތުތައް ދީ މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިކުރުވުމަކީވެސް ކޮންފަރެންސްގެ މަގުސަދެކެވެ.

މައުޟޫޢުތަށް