މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް އެލާޓް

އަވަސް

9 ޑިސެމްބަރު 2025 | އަންގާރަ | 7:56

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން މެންދުރު 12:30 އާ ހަމައަށެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ. ރާއްޖޭގެ މޫސުން މިއަދަށް ލަފާކުރާ ގޮތާއި ގުޅޭ ގޮތުން މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި މެދުރާއްޖެ ތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް