އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި

އަވަސް

9 ޑިސެމްބަރު 2025 | އަންގާރަ | 12:13

އެމްޑަބްލިޔުއެސްސީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި އެވެ.

މި އެވޯޑް ނައިޓްގައި އެމްޑަބްލިޔުއެސްސީއަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފަ އެވެ. ސިޓީ ހޯލް ގުރައުންޑްގައި ބޭއްވި މި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށް ދެއްވީ މި ހަފްލާގެ ޝަރަފުވެރި މެހުމާނު އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދާއި، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދުގެ އިތުރުން، ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ. މި އަހަރު ތަފާތު 12 ކެޓަގަރީއަކުން 36 މުވައްޒަފަކު ވަނީ އެވޯޑް ހާސިލުކޮށްފަ އެވެ. އަދި ކުންފުނީގައި ދިގު މުއްދަތައް ހިދުމަތްކޮށްފައިވާ 70 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑްދީފަ އެވެ.

މި ހަފްލާގައި ކުންފުނިން ދޭ އެންމެ ހާއްސަ އެވާޑް، ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް ވަނީ ކުންފުނީގެ ޓެކްނިކަލް މެނޭޖަރު ހަސަން ޝަފީގަށް ދީފަ އެވެ. މިއެވޯޑްއަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކުރެވޭ، އަގުހުރި، އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކޮށްދޭއް ފަރާތަކަށް ދޭ އެވޯޑްއެކެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވީ މި ހަފްލާގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުން ކުންފުންޏަށް ކޮށްދޭ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެއްބައެއްގެ ގޮތުގައި، އެއް އަމާޒަކަށް ކުރިއަށް ދިއުމުގެ ރޫޙު އާލާކޮށް އެކަމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް