ހުޅުމާލެއަށް ބޮޑެތި ލޮރީ ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި

އަވަސް

9 ޑިސެމްބަރު 2025 | އަންގާރަ | 12:46

ހުޅުމާލެ އާއި ތިލަފުށި އަދި ގުޅިފަޅަށް ދެ ޓަނަށްވުރެ ބޮޑެތި ލޮރީ ރަޖިސްޓްރީ ކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި އެވެ.

ހުޅުމާލެ/ތިލަފުށި/ގުޅިފަޅަށް އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލުގެ 12 ވަނަ މާއްދާގައި ކުރިން އޮތް ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި/ފުލެޓް/ރޯހައުސްތަކަށް ދެ ޓަނަށްވުރެ ބޮޑެތި ލޮރީ ފަދަ އުޅަނދު ނުގެންދެވޭނެ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އުސޫލުގައި އެ ގޮތަށް އޮތްއޮތުން ބަދަލުކޮށް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ޓްރަކް ނުވަތަ ލޮރީ ބާއްވާނެ ޖާގަ ގޯތި/ފުލެޓް/ރޯހައުސްގެ ގަރާޖުގައި ހުރިނަމަ ރަޖިސްޓަރީކުރުމުގެ ހުއްދަދޫކުރުމަށް ނިންމާ އުސޫލުގެ ފަސް ވަނަ މާއްދާގެ (މ) އަށް މިބައި އިތުރުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް