ބޭސް ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް ހަމަޖައްސައިފި

އަވަސް

9 ޑިސެމްބަރު 2025 | އަންގާރަ | 8:00

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އައްޔަނުކޮށްފި އެވެ.

ހަލީމަކީ މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ ހޮސްޕިޓަލްތައް ހިންދާ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އެވެ. ފާމަސޫޓިކަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ ޑރ. ޝާހް މާހިރެވެ. ކުންފުނީ ބޯޑު މެމްބަރުންގެ ގޮތުގައި އައިޝަތު މުހައްމަދާއި، ޝިބާނާ އަބްދުﷲ ދީދީ ކުރިން ވަނީ ހަމަޖައްސާފަ އެވެ. ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފެއްދީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ފާމަސޫޓިކަލް ކުންފުނި އުފެއްދީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށް ދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދު ގައެވެ.

މައުޟޫޢުތަށް