2024ގެ ޖުމްލަ ޓޫރިސްޓުންނަށްވުރެ މިއަހަރުގެ އަދަދު އިތުރު

އަވަސް

10 ޑިސެމްބަރު 2025 | ބުދަ | 8:21

ފާއިތުވި 2024 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންނަށްވުރެ މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 2،046،615 އެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 2،073،218 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިއާއިންނެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.5 މިލިއަން ފަތުރުވެރިން -- 73.6 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 448,873 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 53,485 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 43,686 އަދި އެހެނިހެން ތަންތަނުގައި 1,823 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

މައުޟޫޢުތަށް