އަމާން އުދަރެހުގެ ޓަވަރެއްގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކެއް ތަރައްގީކުރަނީ

އަވަސް

10 ޑިސެމްބަރު 2025 | ބުދަ | 1:20

އަމާން އުދަރެހުގެ ޓަވަރެއްގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކެއް ތަރައްގީކުރަން ނިންމައިފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވަނީ މިހާރުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުމާލެ ހޮސްޕިޓަލުން ޖެނެރަލް ޕްރެކްޓިސް ކްލިނިކެއް ހިންގަމުން ގެންދާކަން ފާހަގަކުރައްވާ އަލަށް ތަރައްގީ ކުރާ ކްލިނިކުން އިތުރު ހިދުމަތްތަކެއް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން ކުޑަކުދިންނަށް ވެކްސިން ދިނުމާއި ބަރުދަން ބެލުމުގެ އިތުރުން ކައުންސެލިން ހިދުމަތް ލިބޭނެ ކަމަށް އަބްދުއްރައްޒާގު ވިދާޅުވި އެވެ. މީގެ އިތުރުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށ ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކު މެދުވެރިކޮށް އަވަހަށް އެޕޮއިންޓުމަންޓް ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވިދާޅުވި އެވެ. މާލެ ސަރަހައްދުގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކްތަކެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ގޮތުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ އާންމު ބަލީގެ ފުރަތަމަ ކްލިނިކް ހުޅުވާފައިވަނީ މާފަންނު ކޮރަލް ބޮލެވާޑް ހުރި އިމާރަތުގައެވެ.

މައުޟޫޢުތަށް