64 އަހަރުގެ މީހާއަށް ހަމަލާދިނުން: އަންހެން މީހާގެ ބަންދަށް 30 ދުވަސް
އަވަސް
10 ޑިސެމްބަރު 2025 | ބުދަ | 1:41
އުމުރުން 64 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް ކޯޓުން 30 ދުވަސް ދީފި އެވެ.
މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި 64 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ 10:05 ހާއިރު އެވެ. މި މާރާމާރީގައި ފިރިހެން މީހާގެ އިތުރުން އަނިޔާވެފައިވަނީ 32 އަހަރުގެ އަންހެނަކަށް ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެއީ ދެ ލޯބިވެރިން ކަމަށެވެ. ނަމަވެސް މި ދެ މީހުންނާބެހޭ އިތުރު ތަފުސީލު ފުލުހުން ހާމައެއް ނުކުރެ އެވެ. މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ފިރިހެން މީހާގެ ބުރަކައްޓަށެވެ. މި މާރާމާރީގައި ދެ މީހުންނަށްވެސް އަނިޔާވެފައިވާތީ ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.