މަޓޭގެ ބަންދަށް ފަސް ދުވަސް ޖަހައިފި

އަވަސް

12 ޑިސެމްބަރު 2025 | ހުކުރު | 6:00

މަސްވެރިންގެ ދުވަހު ބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފި އެވެ.

މައުރޫފްގެ ބަންދަށް މުއްދަތު ޖެހީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. މަޓޭގެ މައްޗަށް ތިން ތުހުމަތެއްކޮށް ކޯޓުގައި ފުލުހުން އެދުނީ މަޓޭގެ ބަންދަށް 15 ދުވަސް ޖަހައދިނުމަށެވެ. ފުލުހުން ކުރި ތުހުމަތުތަކަކީ އާންމު ދަތުރުފަތުރަށް ހުރަސްއެޅުމާއި، ސިފައިންގެ އުޅަނދަކަށް ގެއްލުން ދިނުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމެވެ. އެމްޑީޕީން ވަނީ މަޓޭ އާއި ހައްޔަރުކޮށްފައި ތިބި މަސްވެރިން ދޫކޮށްލުމަށެވެ.

މައުޟޫޢުތަށް