އާސަންދަ ހަރަދު ދެ ބިލިއަނަށް
އަވަސް
13 ޑިސެމްބަރު 2025 | ހޮނިހިރު | 10:24
އާސަންދައަށް މި އަހަރު ދައުލަތުގެ ބަޖެޓުން ދެ ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ދައްކާ ގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 2.01 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އާސަންދައަށް މި އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 1.85 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން ބަޖެޓު ކުރި ވަރަށްވުރެ އާސަންދައަށް ކުރި ހަރަދު ވަނީ 6.7 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ މި އަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ހޭދަވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދަ ހޭދަ ހުރީ 1.88 ބިލިއަން ރުފިޔާ އެވެ.