ދުވާފަރުގައި ގާއިމުކުރި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ހުޅުވައިފި

އަވަސް

13 ޑިސެމްބަރު 2025 | ހޮނިހިރު | 11:58

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަސްވެރިންނަށް އެއް އަގެއްގައި ތެޔޮ ލިބޭނެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިއުލް ސްޓޭޝަން ހުޅުވައިފި އެވެ.

ރ. ދުވާފަރުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގާއިމުކުރި ފިއުލް ސްޓޭޝަން ހުޅުވައި ދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ފިއުލް ސްޓޭޝަންގެ އަމާޒަކީ މަސްވެރިންނާއި އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ މަގުފަހިކޮށް ދިނުމެވެ. މި ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 ރަށެއްގައި ފިއުލް ސްޓޭޝަން ބަހައްޓާއިރު މިއަދު ހުޅުވާފައިވަނީ މި މަޝްރޫއުގެ ދަށުން ހުޅުވޭ ފުރަތަމަ ސްޓޭޝަނެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު" ގައި ތެޔޮ ލިބޭނެ މަގުފަހިކޮށް ދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މައުޟޫޢުތަށް