ދުވާފަރުގައި 50 ހައުސިން ޔުނިޓް އިމާރާތްކުރަން އެޗްޑީސީއާ ހަވާލުކޮށްފި

އަވަސް

13 ޑިސެމްބަރު 2025 | ހޮނިހިރު | 12:56

ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރ. ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އެޗްޑީސީ އިން ދަނީ ބައެއް ރަށްރަށުގައި ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއުތައް ހިންގަމުންނެވެ. އެ ގޮތުން ނައިފަރުގައި 300 ހައުސިން ޔުނިޓް އިމާރާތްކުރަން އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

މައުޟޫޢުތަށް