ތިލަމާލެ ބްރިޖުގެ 67 ޕަސެންޓް ނިމިއްޖެ

އަވަސް

13 ޑިސެމްބަރު 2025 | ހޮނިހިރު | 10:56

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ -- ތިލަމާލެ ބްރިޖުގެ ޖުމުލަ މަސައްކަތްތަކުގެ 67.4 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.

ތިލަމާލޭ ބްރިޖުގެ ޕައިލިންގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ ތެރޭގައި ނިންމާލާފައިވާއިރު މިމަޝްރޫއުގައި އެއްގަމާއި ކަނޑުގައި ޖުމްލަ 263 ޕައިލް ޖަހާފައިވެ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ބްރިޖު މަޝްރޫއުގައި ހިމެނޭ ޕައިލްކެޕް ބިނާކުރުމާއި ޕިއާ ކޮލަމްތަކުގެ 98 އިންސައްތަ މަސައްކަތްވެސް މިހާރު ނިންމާފައިވާ ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ތިލަމާލެ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 2، 2022 ގައެވެ. ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަމުންދާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯމީޓަރު ދިގު ބްރިޖެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާ އިންނެވެ.

މައުޟޫޢުތަށް