ހުޅުމާލެ 3 ދޮޅު މަސް ތެރޭގައި ހިއްކާ ނިންމަނީ

އަވަސް

14 ޑިސެމްބަރު 2025 | އާދިއްތަ | 10:42

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ދޮޅު މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލުން އިއްޔެ ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން 31 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކާއިރު މިހާތަނަށް 49.2 ޕަސެންޓް ހިއްކާ ނިމިފައިވާކަން ފާހަގަކޮށް އެމްއޭސީއެލުން ބުނީ ދޮޅު މަސް ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން އަވަސްކުރަން ވަނީ ބޮޑު ދެ ޑްރެޖަރު ގެނެސްފަ އެވެ. ހުޅުމާލެ ފޭސް 3 ހިއްކުމަށްފަހު ގިރާވަރުފަޅު ހިއްކުމަށް ވަނީ ނިންމާފަ އެވެ.

މައުޟޫޢުތަށް