މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީ އިން ބައިވެރިވެއްޖެ

އަވަސް

14 ޑިސެމްބަރު 2025 | އާދިއްތަ | 2:35

މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އެމްޑަބްލިޔުއެސްސީ އިން ޓައިޓަލް ސްޕޮންސާއެއްގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.

"އެމްޑަބްލިޔުއެސްސީ މަސް ރޭސް" ގެ ޓައިޓަލް ސްޕޮންސާގެ އިތުރުން "މަސްވެރި ހަވީރު" ގެ ނަމުގައި ބޭއްވި ކުޑަކުދިންގެ ފެސްޓިވަލްގައިވެސް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ބައިވެރިވެ ވަނީ ބައިވެރިވެ ސްޓޯލް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. ހަފުތާ ބަންދުގައި ދުވާފަރުގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކަކީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕުރޮގްރާމެކެވެ.

"އެމްޑަބްލިޔުއެސްސީ މަސް ރޭސް" އަދި "މަސްވެރި ހަވީރު" ގެ އިތުރުން މަސްވެރިންނަށް އަމާޒުކޮށް އެމްޑަބްލިޔުއެސްސީ އިން ވަނީ ރ. ދުވާފަރުގައި ދޮރުން ދޮރަށް ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ. މި ކެމްޕޭނުގެ މަގުސަދަކީ އެމްޑަބްލިޔުއެސްސީ އިން ރ. ދުވާފަރުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން އެރަށުގައި އުފައްދާ އައިސް އަދި ތާޒާ ފެނާ މެދު ރައްޔިތުން ދެކޭ ގޮތާއި ހިޔާލުތައް ދެނެގަނެ މި ހިދުމަތްތަކަށް ރައްޔިތުން އަހުލުވެރިކުރުން ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ. އެގޮތުން ރ. ދުވާފަރާއި ކައިރި އަތޮޅުތަކަށް އަމާޒުކޮށް ވައިބާ ކޮމިއުނިޓީ ގްރޫޕެއް ތައާރަފުކޮށް މި ގްރޫޕް މެދުވެރިކޮށް އެމްޑަބްލިޔުއެސްސީ އިން ރ. ދުވާފަރާއި އަތޮޅު ތެރޭގައި ދެމުންގެންދާ ހިދުމަތްތަކުގެ އިތުރު މައުލޫމާތާއި ކުރިއަށްގެންދެވޭ ޕްރޮމޯޝަންތަކުގެ ތަފްސީލްތައް ހިއްސާ ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ،

މައުޟޫޢުތަށް