ފަތުރުވެރިންގެ އަދަދު 2.1 މިލިއަނަށް

އަވަސް

15 ޑިސެމްބަރު 2025 | ހޯމަ | 7:13

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 2.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 2,106,122 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކުރި 1,912,304 ފަތުރުވެރިންނަށްވުރެ 10.1 ޕަސެންޓް އިތުރު އަދަދެކެވެ. ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ތެރެއިން 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ ޓޫރިޒަމްގެ ގަދަ 10 ގައުމުންނެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.5 މިލިއަން ފަތުރުވެރިން -- 73.6 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 21.6 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 2.6 ޕަސެންޓް އަދި ސަފާރީތަކުގައި 2.1 ޕަސެންޓް ޗުއްޓީ ހޭދަކުރި އެވެ. ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 178 ރިސޯޓާއި 954 ގެސްޓްހައުސްގެ އިތުރުން 167 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

މައުޟޫޢުތަށް