އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ރަމަޒާން ބާޒާރު: 100،000 ރުފިޔާ ލިބުމުގެ ފުރުސަތު

އަވަސް

15 ޑިސެމްބަރު 2025 | ހޯމަ | 10:31

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ "އެސްޓީއޯ ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް ފެށީ މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. މި ހަފްލާ ޝަރަފުވެރިކޮށް ދެއްވީ އެޗްޑީސީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހުމަދު ޝަހީރު އެވެ. މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު މާޗް 18، 2026 ގެ ނިޔަލަށް ކުރިއަށް ގެންދާއިރު އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އެގޮތުން ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި މީގެ އިތުރުން، 500 ރުފިޔާއިން މަތިން ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން އެއް ނަސީބުވެރިއަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބޭއިރު ޕްރޮމޯޝަން ނިމުމާއިއެކު ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ޕްރޮމޯޝަންގެ ގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެ އެވެ.

މައުޟޫޢުތަށް