މައުމޫން 12 އަހަރަށް ޖަލަށްލީ މައްސަލަ އިސްތިއުނާފްކޮށްފި
އަވަސް
15 ޑިސެމްބަރު 2025 | ހޯމަ | 9:24
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަބްދުﷲ މައުމޫން 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
މައުމޫންގެ ފަރާތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ ހުކުރު ދުވަހު ކަމަށް އެނގިފައިވެ އެވެ. އެކަމަކު މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ. މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެދިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭސީސީ އިން ފޮނުވި މައްސަލަތައް ދިރާސާކުރުމަށްފަހު ދައުލަތުން ވަނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު މައުމޫންގެ މައްޗަށް ހަތް ދައުވާއެއް އުފުލާފަ އެވެ. އެއީ:
މައުމޫން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު 29 ވަނަ ދުވަހު ހުކުމްކުރީ ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު މައުމޫނަށް ކުރި ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ އެ ދުވަސްވަރު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ. އޭގެފަހުން ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އޭނާގެ އާއިލީ ބައެއް މީހުންނާއި އޭނާއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓާނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ބުނެ އެވެ. މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ވަދެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. މައުމޫންގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ސާބިތުވެއްޖެ ނަމަ 22 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އައުމުގެ ފުރުސަތު އެބައޮތެވެ.