ޕާކިސްތާނުގެ ޕާލިމެންޓްގެ ރައީސް ރާއްޖެ ވަޑައިގެންފި
އަވަސް
17 ޑިސެމްބަރު 2025 | ބުދަ | 12:02
ޕާކިސްތާނުގެ ޕާލިމެންޓްގެ ރައީސް ސަރްދާރް އަޔާޒް ސާދިގު ރާއްޖެ ވަޑައިގެންފި އެވެ.
ސަރްދާރް އަޔާޒްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގެ ދައުވަތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ސަރްދާރް އަޔާޒަށް މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ޕާލިމެންޓްގެ ރައީސް، ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މޯލްޑިވްސް-ޕާކިސްތާން ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕާ ބައްދަލުކުރައްވާނެ އެވެ. މީގެ އިތުރުން ދާރުލްއާސާރާއި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.