ޓީޖީއެސްޓީ ރަނގަޅުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް

އަވަސް

17 ޑިސެމްބަރު 2025 | ބުދަ | 12:12

ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ރަނގަޅުވެ، ޖުމްލަ އާމްދަނީ ބޮޑުތަނުން ރަނގަޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު ފާއިތުވި ހަފުތާގެ ނިޔަލަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 10.5 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކްސް އާމްދަނީގެ ތެރެއިން ފާއިތުވި ހަފުތާގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ފަތުރުވެރިކަމާ ގުޅުންހުރި މުދަލާއި ހިދުމަތުން ނަގާ ޓެކްސް -- ޓީޖީއެސްޓީއިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 14.1 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 9.2 އިންސައްތައިގެ އިތުރުވުމެކެވެ.

މައުޟޫޢުތަށް