ހަނިމާދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

އަވަސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 11:27

ހދ. ހަނިމާދޫގައި ޕާސްޕޯޓް ހިދުމަތް ފަށައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ހަނިމާދޫގައި ރޭ ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސްގެ މި ވައުދު މިހާރު ވަނީ ފުއްދަވާފަ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

މައުޟޫޢުތަށް